ބޭންކް އޮފް މޯލްޑިވްސް އިން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގް އަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންގް މެދުވެރިކޮށް މި ޑިވައިސް މެނޭޖްމެންޓް ތައާރަފް ކުރީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރި ކުރުމަށްށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދަ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
އެ ކުންފުނިން ބުނީ މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސް އަކުން ވެސް ލޮގްއައުޓް ކުރެވޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް އެ ކުންފުނިން ނުހަނު އިސްކަމެއް ދޭކަމަށެވެ. އަދި ބީއެމްއެލްގެ ސިސްޓަމްތަކަށް ފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ ފީޗަރ ތަކަކީ މިކަމުގެ ހެއްކެއްކަމަށް ބުނެފައިވެއެވެ. އަދި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބުންޏެވެ.
ކާރލް ބުނީ ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗަރއެއް ކަމަށެވެ. އަދި މި ފީޗަރ ގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ ކަމަސް ބުނެފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.