އެމެރިކާއި ޗައިނާގެ މަތީފެންވަރުގެ މަޝްވަރާތައް މޯލްޓާގައި ބާއްވައިފި

ބައިޑަންއާ ޝީއާ މަޝްވަރާތަކަށް ދެން އޮތް އެންމެ އަވަސް ފުރުސަތަކީ އަންނަ ނޮވެމްބަރު މަހު އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ބާއްވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕީއީސީ) ސަމިޓެވެ.

އެމެރިކާ އާއި ޗައިނާގެ މަޝްވަރާތަކުގެ މައިގަނޑު ނުކުތާއަކީ ޓައިވާނުގެ މައްސަލަ

އެންމެ ބާރު ގަދަ ދެ ގައުމު، އަދި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސޯދު ކަމަށްވާ ޗައިނާ އާއި އެމެރިކާއި ޕެސިފިކް ކަނޑުގެ ވިޔަފާރި އާއި އަސްކަރީ ގުޅުންތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދާއިރު އެ މަސައްކަތުގެ ތެރެއިން އެމެރިކާގެ ގައުމީ ސަލާމަތުގެ އެޑްވައިޒަރު ޖޭކް ސުލިވާން އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ މި ހަފްތާ ބަންދުގެ ތެރޭގައި މޯލްޓާގައި ބައްދަލު ކުރައްވާ ވަނީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

މިދިއަ ހޮނިހިރު ދުވަހާއި އޭގެ ކުރީން ހުކުރު ދުވަހާ ވެސް އެކު ދެ ބޭފުޅުން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ މަޝްވަރާތަކުގައި ވަންގް އެންމެ ބޮޑަށް ނެންގެވީ ޗައިނާގެ "މުގައްދަސް ބިންކޮޅެއް" ކަމަށް އެކަމަށް އެ ގައުމުން ބަލައިގެން އޮންނަ ޓައިވާންގެ މައްސަލަ އެވެ.

އޭނާގެ ވާހަކައަކީ ޗައިނާގެ ބިމެއް ޓައިވާން އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދައުވާ ކޮށްގެން އުޅޭ އުޅުމުގެ ތެރެއަށް އެމެރިކާ އަމިއްލައަށް ވަދެ ޗައިނާ - އެމެރިކާގެ ގުޅުންތަކުގެ ރަތް ރޮނގު ހުރަހެއް ނުކުރެވޭނެ އެވެ. -- އަދި މިހާރު ވެސް އެމެރިކާއިން ވަނީ ޗައިނާގެ ސިޔާދަތީ މަސްލަހަތު އޮތް އެ މައްސަލައަށް ހުރަސް އަޅައި ޓައިވާން ދިފާއު ކުރާން ވައުދުތައް ވެފަ އެވެ. 

"މުޅި ޓައިވާން ސްޓްރައިޓް ސުލްހަ އާއި ހަމަޖެހުމުގެ މުހިންމުކަން އެމެރިކާއިން ވެސް ފާހަގަ ކުރި،" ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. 

އެ ބަޔާނުގައި ބުނަނީ ދެ ގައުމުގެ އިސް ދެ އޮފިޝަލުން ވެސް މުވާސަލާތީ ސްޓްރެޓެޖިކް ޗެނަލް ދެމެހެއްޓުމަށާއި މަތީ ފެންވަރުގެ އެންގޭޖްމަންޓްތައް އިތުރުކޮށް ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާ ކަމަށެވެ. ސުލިވާން އާއި ވަންގް، ދެ ގައުމުގެ ގުޅުމާއި ދުނިޔޭގެ އަދި ސަރަހައްދީ ސަލާމަތީ މައްސަލަތަކާއި ޔޫކްރޭންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާއި ޓައިވާން ސްޓްރެއިޓްއާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ.

"މި ސްޓްރެޓެޖިކް ޗެނަލް އޮފް ކޮމިއުނިކޭޝަން ދެމެހެއްޓުމަށާއި ކުރިއަށް އޮތް މަސްތަކުގައި އެމެރިކާ އާއި ޗައިނާއާ ދެމެދު މުހިންމު ދާއިރާތަކުގައި އިތުރު މަތީ ފެންވަރުގެ އެންގޭޖްމަންޓާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް ވައުދުވި،" ބަޔާނުގައިވެ އެވެ.

އަނެއްކޮޅުން މޯލްޓާ ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަރަށް ބޮޑަށް އެމެރިކާގެ ވާހަކަތައް ތަކުރާރުކޮށް، "ދެ ފަރާތުން ކުރިއަށް ގެންދިޔައީ މާނަ ހުރި މާއްދީ އަދި ބިނާކުރަނިވި ސްޓްރެޓެޖިކް މުއާމަލާތެއް" ކަމަށް ބުނެފައި ވެއެވެ. 

ސުލިވާން އާއި ވަންގް ބައްދަލުވުމަކީ އެމެރިކާ އާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުމެވެ. ސުލިވާން އެންމެ ފަހުން ވަންގް އާއި ބައްދަ ލުކުރެއްވީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިދިޔަ މެއި މަހު އެވެ.

ރައީސް ޖޯ ބައިޑަން ވަނީ މި މަހު ވަނީ އިންޑިއާގައި ގްރޫޕް އޮފް 20 ގެ ލީޑަރުންގެ ސަމިޓް (ޖީ20) ގައި ޗައިނާގެ ރައީސް ޝީ ބައިވެެރިވެ ވަޑައި ނުގެން ސަމިޓް ދޫކޮށްލުމުން އެކަމާ މާޔޫސްކަން ފާޅު ކުރައްވާފަ އެވެ. ނަމަވެސް ވަރަށް އަވަހާ "ބައްދަލު ކުރެއްވޭނެ" ކަމަށް ވިދާޅުވެފައި ވެއެވެ. އެ ދެ ބޭފުޅުން މިދިޔަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގައި ބައްދަލުކުރެއްވި ފަހުން އަދި ބައްދަލެއް ނުކުރައްވަ އެވެ. ބައިޑަންއާ ޝީއާ މަޝްވަރާތަކަށް ދެން އޮތް އެންމެ އަވަސް ފުރުސަތަކީ އަންނަ ނޮވެމްބަރު މަހު އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ބާއްވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕީއީސީ) ސަމިޓެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ އާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އަދި ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން މި އަހަރު ޗައިނާއަށް ވަޑައިގަތެވެ. އެއީ އެމެރިކާއަށް ޖާސޫސު ކުރަން އެމެރިކާގެ ސަރަހައްދަށް ފޮނުވި ކަމަށް ބުނާ ޗައިނާގެ ސަވައިލެންސް ބެލޫނެއް ފަޅާލައި އޭގެ ވައި ދުއްވާލާ ވައްޓާލުމުން އަނދައިގަތް އަލިފާނަށް ފެންޖަހައި ފިނި ކުރަން ދެ ގައުމުގެ މެދުގައި މުއާމަލާތްތަކެއް ކުރިއަށް ގެންދާށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.