ފެމިލީ ކޯޓްގައި ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ވެއްޖެ

ޑީޖޭއޭ އިން ދަނީ ފެމިލީ ކޯޓް މަރާމާތު ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަން އެނގިފައިވެއެވެ.

ފެމިލީ ކޯޓްގައި ފެން ބޮޑުވެ ތަކެއްޗަށް ގެއްލުން ވެފައިވޭ -- މި

މިހާރު ކުރަމުންދާ ވިއްސާރާގައި ފެމިލީ ކޯޓުގައި ފެން ބޮޑުވެ ގެއްލުންތަކެއް ވެއްޖެ އެވެ.

ހެންވޭރުގައި ހުންނަ ފެމިލީ ކޯޓް އިމާރާތުގެ ތެރެއަށް ފެންފައިބާ މުދަލާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ކޯޓް އިމާރާތުގެ ފުރާޅުން ފޭބި ފެނުން މުޅި އިމާރާތުގައި ވަނީ ފެން ބޮޑުވެފައެވެ. ބައެއް މުހިންމު ލިޔެކިޔުންތައް ހިމެނޭހެން ގިނަ ލިޔުންތަކަކަށް ފެން އެޅި ހަލާކުވެފައިވެއެވެ.

މީގެ ކުރީން ވެސް ވިއްސާރަ ވެހުނު ދެ ދުވަހެއްގައި ފެމިލީ ކޯޓްގައި ފެންބޮޑުވެ ލިޔެކިޔުންތަކާއި ގޮޑި މޭޒަށް ވަނީ ގެއްލުން ވެފައެވެ.

ޑީޖޭއޭ އިން ދަނީ ފެމިލީ ކޯޓް މަރާމާތު ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަން އެނގިފައިވެއެވެ. އެކަން އަވަސް ކޮށް ކޯޓަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރަން ޑީޖޭއޭ އިން އެކަށީގެންވާ މަަސައްކަތްތަކެއް ވެސް ނުކުރެއެވެ.

އަދިވެސް މާލެ ސިޓީއަށް ދަނީ ވާރޭވެހެމުންނެވެ. ފެމިލީ ކޯޓްގެ މުވައްޒިފުން ގެންދަނީ ލިޔެކިޔުންތައް ރައްކާކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.