އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމަށް ހުށައަޅުއްވާފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފާރިސް މައުމޫނާއި އޭނާގެ ޓީމުން ތާއިދު ކުރުމަށް ނިންމާ ފަރާތެއް ކަނޑައެޅުމުގެ ކުރިން އެ ދެ ފަރާތަށް ހިއްސާކޮށްފައިވާ ކަރުދާހުގެ ކޮޕީއެއް އާންމުކޮށްފި އެވެ.
އަށް ސަފްހާގެ އެ ލިޔުމުގައި ފާރިސްގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށައަޅާފައިވެއެވެ. އަދި އެކަންކަން ތަންފީޒު ކުރަން ފާރިސްގެ ޓީމުން ވަކި ތާރީހުތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އޮޓްލޮސްގެ ނިންމުން އަލުން މުރާޖާ ކުރަން ހުށައެޅުމަށް ވަނީ އެދިފައެވެ.
މިކަންކަން ރައީސް ސޯލިހް މިހާރުން މިހާރަށް ކުރެއްވުމަށާއި ޕީޕީއެމް / ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ފުރަތަމަ 50 ދުވަހުގެ ތެރޭގައި އެކަންކަން ކުރުމަށް ފާރިސް ވަނީ ހުށައަޅުއްވާފައެވެ.
މީގެ އިތުުރުން ރިޔާސީ ނިޒާމު ފިޔަވާ އެހެން ނިޒާމަކަށް ތާއީދު ނުކުރާނެކަން ހާމަކުރުމާއި މަޖިލީހުގެ ގޮޑީގެ އަދަދު މަދުކޮށް މުސާރަ ކުރުމާއި މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައެޅުމާއި މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލު ކުރުމާއި މަޖިލީސް މެންބަރުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހެދުމާއި އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާއި ކްރިމިނަލް ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ހުށައަޅުއްވާފައިވެއެވެ.
އަދި ސިވިލްސާވިސްގެ އޮނިގަނޑު އިސްލާހުކޮށް ހަރުދަނާ ކުުރުމާއި ވެރިކަން ހިންގުން ހަރުދަނާ ކުރުމާއި އެ ދެ ދާއިރާއިން ފާހަގަ ކުރެވޭ ކަންތައްތަކެއް ކުރުމަށް ވެސް ތަފްސީލާ އެކު ހުށައަޅުއްވާފައި ވެއެވެ. ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ އާއިލާތަކަށް އިންސާފު ހޯދާ ދިނުމަށް ވެސް ފާރިސް ހުށައަޅުއްވާފައިވެއެވެ. އެކަން އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީނަށް އިންސާފު ހޯދާ ދިނުމާއި އެއްވެ އުޅުމުގެ ހައްގު ހަނިކުރި ގާނޫނު އުވާލުމާއި އާމްދަނީ ނުލިބޭ މަޝްރޫއުތަކަށް ދަރަނި ނެގުން ކުޑަކުުރުމާއި މަސްވެރީންގެ ހައްގުތައް ކަށަވަރު ކުރުމާއި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށް ވެސް މުހިންމު ކަންތައްތަކެއް ކުރުމަށް ފާރިސްގެ ޓީމުން ވަނީ ހުށައަޅުއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފާރިސްގެ ތާއީދަށް އެދި އެމްޑީޕީއާ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ހުށައަޅާފައެވެ.
ފާރިޝްގެ ހުށަހެޅުމުގަހުރިކަންތައް ކުރަންނުކެރޭނީ އިބޫއަށް ތިހުށަހެޅުންފެނިފަ އޭނަގެހިތްހުއްޓޭނެކަންޔަގީން