"އޭނާއަކީ [ނަހުލާއަކީ] މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް،"
އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާ އެކަމަނާ އަޅާ ކޮންމެ ފިޔަވަޅަކަށް ރާލައިގެން ބެލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމަށް ފަހު ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ހޯދަން ނަހުލާ ވަނީ ކެމްޕެއިން ގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް އިންތިހާބުގައި ވޯޓެއް ނުލައްވައެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އަތްބަކަށް ވީތީ ދަރިއަކަށް ވީތީ ވަކި ކަމެއް ކުރުން ލާޒިމު ނޫން ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ވެސް ޝައުގެއް އޮތީ އިސްލާހީ މަސައްކަތަށް ކަަމަށް ވިދާޅުވި އެވެ. އަތްބަކަށް ވިޔަސް ނަހުލާއަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އަދި އިންތިހާބުގައި ވޯޓް ނުލެއްވި ސަބަބާއި މިއަދުގެ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބު އެނގިވަޑައިގަންނަވާނީ އެކަމަނާއަށް ކަމަށް ވިދާޅުވެ އެ ސުވާލުތައް ނަހުލާއާ ކުރެއްވުމަށް އެދިވަޑައިގަތެވެ.
"އޭނާއަކީ [ނަހުލާއަކީ] މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް،"
ޖުމްހޫރީ ޕާޓީން ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެސް އަދި ޕީއެންސީގެ ކެންޑިޑޭޓަކަށް ވެސް ތާއީދު ނުކުރުމަށެވެ. ގާސިމަކީ މިސަރުކާރުގެ ކޯލިޝަން ލީޑަރެކެވެ. ކޯލިޝަންގައި ގާސިމްގެ ޖޭޕީގެ ހިއްސާ ބޮޑެވެ. މިހާރު މި ހާލަތުގައި ޖޭޕީގެ މެންބަރުންނަށް މަގާމުތަކުގައި ތިބެވޭނެތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެ ހައްގު ސަރުކާރުގެ ފަހު ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރީން އެއްބަސްވީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
"މި އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށް އެ މީހުންނަށް އެ މަގާމުތަކުގައި ހުންނެވުމުގެ ހައްގު އޮންނާނެ،" ގާސިމް ވިދާޅުވި އެވެ.
ނަހުލާ އަކީ މި ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރެވެ.
ކަންތައް ވަރަށް ގޯސް ކަމަށް ފެންނަނީ.އެހެން ނޫނަސް ނަހުލާ ބޭނުންގޮތަކަށް ޢުޅެނީ އަދި އުޅޭނީވެސް..ސޭޓަށް ކުރެވޭނެކަމަކަށް އޮންނާނީ ވަރިކުރުން.އޭނައޮންނާނީ ބޮލުގެ އެެއްޗެއްހަދާ 6 ކުދިން ހޯދާފަ.އެހެނަސް މިހާރު ސޭޓަކަށް ނަހޫ މައިތިރި ނުކުރެވޭނެ.
ރީތިކޮއް ބުނުއްވިނަމަ ނަހުލާއަކަށް އަޅުގަނޑުގެ ބާރެއް ނުފޯރައޭ އެއީ ހަމަ ފަންކާއެއްހާ ބާރައްއެނބުރޭ ހިތެއްގެ ވެރި އަންހެނެކޭ. ލާރިއަށޭ އޭނަ ގުޑާނީ މިއީ އެންމެންނައްވެސް އިންގޭ ކަމެއް ހުވަރަފުށީ އަންހެނުންގެ ގޮތް
ސީމާ ކަލޭ ހޯރަފުށި މީހަކަށް ނުވީމަ ހާދަ އަސަރެއް ކޮށްފިއޭ ދޯ...ދެން ފިއްތާލައިގެން ހުރޭ