ދެވަނަ ބުރުގައި ޔާމީން ވޯޓް ލައްވާނެ

މި މަހުގެ ނުވަވަނަ ދުވަހު އޮތް އިންތިހާބުގައި ޔާމީން ވޯޓެއް ނުލައްވައެވެ. އެމަނިކުފާނު ޖަލުގައި ހުންނެވުމުން ވޯޓަށް ރީ-ރަޖިސްޓާ ވާން ޖެހުނު ނަމަވެސް ރީ-ރަޖިސްޓާ ވެފައެއް ނުވެއެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓް ލައްވާނެ ކަމަށް އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ނުވަވަނަ ދުވަހު އޮތް އިންތިހާބުގައި ޔާމީން ވޯޓެއް ނުލައްވައެވެ. އެމަނިކުފާނު ޖަލުގައި ހުންނެވުމުން ވޯޓަށް ރީ-ރަޖިސްޓާ ވާން ޖެހުނު ނަމަވެސް ރީ-ރަޖިސްޓާ ވެފައެއް ނުވެއެވެ. އެހެން ކަމުން އެމަނިކުފާނަށް އެ ބުރުގައި ވޯޓް ލެއްވޭ ގޮތް ނުވި އެވެ.

ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވަނީ ދެވަނަ ބުރުގެ ވޯޓް ލުމުގެ އިންތިޒާމް މިހާރު ވަނީ ފުރިމަހަ ކުރައްވާފައެވެ. ޔާމީން އުއްމީދު ކުރެއްވީ ފުރަތަމަ ބުރުގައި ވެސް ވޯޓްލެއްވުމުގެ ފުރުސަތު ފަހި ވާނެ ކަމަށާ އެ އިންތިޒާމު ހަމަ ނުޖެހުމުން ކުރިން ވޯޓު ނުލެވުނު ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ މީގެ ކުރީން ތަކުރާރުކޮށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ޔާމީން ތާއީދު ކުރައްވާކަން ޔަގީން ކޮށްދެއްވާފައެވެ. މުއިއްޒުގެ ކެމްޕެއިން ގައި އަމަލީ ގޮތުން ޖަމީލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނަ ވޯޓް ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.