އެމްޑީޕީއާ ޕީޕީއެމާއެކުވެސް އެއްބަސްވުމަކަށް ނާދެވޭ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ހުށައެޅުމަކީ ނިޒާމީ ވޯޓެއް ނެގުން ކަމަށާ މި މަހުގެ 25 ވަނަ ދުވަހު އެ ވޯޓް ނެގެން އެބަ އޮތް ކަމަށް ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުމުގައި ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ -- މި

ދަ ޑިމޮކްރެޓްސްގެ ހުށައެޅުމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓް ނެގުން ކަމަށާ ނަމަވެސް އެމްޑީޕީއާ ޕީޕީއެމް އާއެކު ވެސް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށް ޑިމޮކްރެޓްސް ޕާޓީން މިރޭ ބުނެފި އެވެ.

އެ ޕާޓީން މިރޭ ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފައެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވަނީ އެމްޑީޕީއާ އަދި ޕީޕީއެމާއެކު ޑިމޮކްރެޓްސް އިން ކުރަމުންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

ހަސަން ވިދާޅުވި ގޮތުގަައި އެއްވެސް ލިޔުމެއްގައި ސޮއިކޮށްގެން މަސައްކަތް ކުރަން ޕީޕީއެމް އެއްބަހެއް ނުވެއެވެ. ޑިމޮކްރެޓްސް އަކީ ވެސް ޕާޓީއެއް ކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ ލިޔުމެއްގައި ސޮއިނުކޮށް އެއްވެސް ބަޔަކާއެކު ކުރެވިދާނެ މަޝްވަރާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން އެ ޕާޓީއާއެކު މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ދަތިތަކެއް އެބަހުރި ކަމަށެވެ.

ލިޔުމެއްގައި ސޮއިނުކޮށް މަސައްކަތް ކުރާނަމަ އެއީ މާ ސީރިއަސް ކަމެއް ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަަަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ދަތި ޕީޕީއެމްއާ އެކީގައި އެއްޗެއްގައި ސޮއިނުކޮށް ޑިމޮކްރެޓުންނަށް އެއްވެސް މަސައްކަތެއް ކުރަން،"

ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ ހުށައެޅުން ވަރަށް ސާފު ކަމަށާ ދެ ޕާޓީއަށްވެސް އެ ހުށައެޅުން ހުށައަޅާފައިވާނެ ކަމަށެވެ. ޑިމޮކްރެޓްސްގެ ހުށައެޅުމަކީ ނިޒާމީ ވޯޓެއް ނެގުން ކަމަށާ މި މަހުގެ 25 ވަނަ ދުވަހު އެ ވޯޓް ނެގެން އެބަ އޮތް ކަމަށެވެ. އެ މަޝްވަރާ އެމްޑީޕީއާއެކު ހިނގަމުންދާ ކަމަށާ ނަމަވެސް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށެވެ.

ނަމަވެސް މި މަޝްވަރާތަކަކީ ދިގުލައިގެން ކުރިއަށް ގެންދެވޭނެ މަޝްވަރާތަކެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

"އަދި ކުރެވޭ މަޝްވަރާތަކުގައި އެމްޑީޕީ އަކުން ދެބަހެއް ވެސް ނުވޭ ނަމަވެސް އަދި އެއްބަހެއް ވެސް ނުވޭ،"

ހަސަން ވިދާޅުވީ ރިޔާސީ އިންތިހާބުން ރައީސް ސޯލިހް ވަނީ ބަލިވެވަޑައިގެންފައިވާ ކަމަށާ އެެހެން ކަމުން މިއީ ހަމަޖެހުން ގެނައުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ފުރިހަމަ އިހްތިޔާރު ރައީސް ސޯލިހަށް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.