ދެ ކެންޑިޑޭޓުން ވެސް ކެބިނެޓް އިއުލާނު ކޮށްދޭން އެދިއްޖެ

"އަޅުގަނޑުމެން އެދެނީ ދެ ކެންޑިޑޭޓުން ވެސް އެ ބޭފުޅުންގެ ކެބިނެޓް އިއުލާނު ކުރެއްވުން. ރައްޔިތުންނަށް ގޮތެއް ނިންމުމުގެ ކުރީން ވޯޓްގެ ކުރީން އެ ދެ ބޭފުޅުން ވެސް ކެބިނެޓް އިއުލާނު ކުރައްވައިފިނަމަ ރައްޔިތުންނަށް ވަރަށް ފަސޭހަ ވާނެ ކަންކަން ނިންްމަވަން،"

ރައީސް ސޯލިހް، ފާރިސް މައުމޫން އަދި ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް އެ ބޭފުޅުންގެ ސަރުކާރެއް ގައި ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން އިއުލާނު ކުރެއްވުމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އެދިވަޑައިގެންފި އެވެ.

ފާރިސް މިކަމަށް އެދިވަޑައިގެންނެވީ މިރޭ ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފާރިސް ވިދާޅުވީ ފެނިވަޑައިގަންނަވަނީ ހީވެސް ނުކުރާހާ ފައްތަރަކަށް ދިވެހި އިގްތިސާދު ދާން އުޅޭ މަންޒަރު ކަމަށެވެ. އެ ހާލަތުގައި އޮތްއިރު ވަކިވަކި ޕާޓީތައް އެހާ ބޮޑަށް ގައުމުތަކަށް ބަރޯސާވެގެން މަސައްކަތް ކުރާ ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.

ފާރިސް އެ އިޝާރާތް ކުރައްވަނީ އިންޑިއާ ޗައިނާއަށް ދައްކަން ޖެހިފައިވާ ބޮޑު ދަރަންޏާއި އެ ދެ ގައުމާއި ގުޅުން ބޭއްވުމުގައި ބޮޑު ދެ ޕާޓީން ގެންގުޅޭ ވިސްނުންތަކެވެ. އެކަމުގެ ސަބަބުން އެ ދެ ގައުމުން ކުރިމަތި ކުރުވާފާނެ ޝަރުތުތަކަށެވެ.

ދަރަނީގެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ވިސްނުންތެރި އެހާމެ ރޭވުންތެރި ޕްލޭންތަކެއް ބޭނުންވާ ކަމަށާ ގައުމުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވަން ޖެހެނީ ކަންކަން ކުރަން އެނގޭ ބޭފުޅުން ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހާލަތު މިހާރު އޮތީ  ހުސް ސިޔާސީ މީހުން ލައިގެން މައްސަަލަތައް ހައްލު ކުރެވޭ ވަރަށް ވުރެ ސީރިއަސްކަން ބޮޑު ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް އެ ބޭފުޅުންގެ ސަރުކާރެއް ގައި ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން އިއުލާނު ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ދެ ކެންޑިޑޭޓުން ވެސް އެ ބޭފުޅުންގެ ކެބިނެޓް އިއުލާނު ކުރެއްވުން. ރައްޔިތުންނަށް ގޮތެއް ނިންމުމުގެ ކުރީން ވޯޓްގެ ކުރީން އެ ދެ ބޭފުޅުން ވެސް ކެބިނެޓް އިއުލާނު ކުރައްވައިފިނަމަ ރައްޔިތުންނަށް ވަރަށް ފަސޭހަ ވާނެ ކަންކަން ނިންްމަވަން،"

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ފާރިސް މައުމޫން ވެސް ވާދަ ކުރެއްވި އެވެ. ފާރިސް ވަނީ 2،979 ވޯޓް ހޯއްދަވާފައެވެ. އެއީ ވޯޓްލީ މީހުންގެ އެއް ޕަސެންޓް ވޯޓެވެ. ފާރިސްއާ އޭނާގެ ޓީމުގެ ތާއީދަށް އެދި ދެ ކެންޑިޑޭޓުން ވެސް ވަނީ ހުށައަޅާފައެވެ. ދެ ކެންޑިޑޭޓުންގެ ޓީމާއެކު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. ފާރިސް ވަނީ މުއިއްޒާއި ރައީސާ އެކުވެސް މަޝްވަރާ ކޮށްފައެވެ.

ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެވަނަ ބުރުގައި އޭނާ އަމަލު ކުރާނެ ގޮތެއް އާދިއްތަ ދުވަހު އިއުލާނު ކުރެއްވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.