ދެވަނަ ބުރުގެ ކުރީން ނިޒާމާ ގުޅޭ ވޯޓެއް ނަގަން ޖެހޭ: އިލްޔާސް

އިންތިހާބުގައި ވާދަކުރައްވާ 15،000 ވުރެ ގިނަ ވޯޓާއެކު ތިންވަނަ ހޯއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޑިމޮކްރެޓެސްގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑިމޮކްރެޓެސްގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮތީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ އަދަދަށް ވޯޓް ލިބިވަޑަައިގެންފައެއް ނުވެއެވެ. އެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރެއް، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި އޮންނާނެ އެވެ. ދެވަނަ ބުރުގެ ވޯޓް ނެގުން އޮތީ މީގެ 15 ދުވަސް ފަހުން މި މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރައްވާ 15،000 ވުރެ ގިނަ ވޯޓާއެކު ތިންވަނަ ހޯއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.

ސިޔާސީ ގޮތުން މިވަގުތު ރާއްޖެއަށް ދިމާވެފައި އޮތް ހާލަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެން ވޯޓެއް / ޕަބްލިކް ރެފަރެންޑަމަކަށް، ދިޔުމުގެ އެންމެ ރަނގަޅު ވަގުތު ކަމަށް ޑިމޮކްރެޓްސްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ދަ ޑިމޮކްރެޓްސް ނިސްބަތްވެފައި އޮންނަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެ މަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ފުރޮޅައިލަން ތާއީދު ކުރައްވާ އެކަމަށް ވަކާލަތު ކުރައްވާ ބޭފުޅެކެވެ. 

ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެކެވެ. ވެރިކަމުގެ އެ ނިޒާމް ކަނޑައެޅީ އޮގަސްޓް 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރައްޔިތުން ރިޔާސީބ ނިޒާމް އިހުތިޔާރު ކުރުމުންނެވެ. އެ ފަހަރު ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ. 

ކޮމެންޓް

1
450
މެން
11 months ago

އިލިޔާސް ކަލޭހާދައަވަހަކައް މޮޔަވީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.