ކިމް އާއި ޕޫޓިންގެ މަޝްވަރާތައް ބާއްވައިފި

މި މަޝްވަރާތަކުގައި ދުނިޔޭގެ ކަންކަމާއި ބައިނަލްގުވާމީ ކަންބޮޑުވުންތައް އޮތް މައްސަލަތަކާއި ދެ ގައުމުން އެކުގައި އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

ޕޫޓިން އާއި ކިމް، ދެ ބޭފުޅުން ވަނީ ފުޅާކޮށް އެތައް ގަޑިއިރެއްގެ މަޝްވަރާތައް ބާއްވަވާފައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައްދަލު ކުރައްވައި ޔޫކްރޭންގެ ހަނގުރާމައާއި އުތުރު ކޮރެއާގެ ސެޓެލައިޓް ޕްރޮގްރާމަށް ރަޝިޔާގެ އެހީ ހޯދުމާއި ދެ ގައުމުގެ އަސްކަރީ ކަންކަމާބެހޭ ގޮތުން ފުޅަލަށް މަޝްވަރާ ކުރައްވައިފި އެވެ.  

ޕޫޓިން ވަނީ ރަޝިއާގައި ރޮކެޓް ލޯންޗް ކުރާ ޖައްވީ މަރުކަޒީ ސަރަހައްދު ލީޑަރު ކިމް އަށް ދައްކަވައި އުތުރު ކޮރެއާގެ ކޮސްމޮނޯޓެއް ޖައްވަށް ފޮނުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

އުތުރު ކޮރެއާއިން އާމާޑް ރޭލެއްގައި ރަޝިއާއަށް ވަޑައިގެންނެވި ކިމް ހިންގެވީ ރަރަޝިއާގެ ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގެ ވަށައިގެނެވެ. އެ ހިންގެވުމުގައި ރޮކެޓުތަކާ ބެހޭ ގޮތުން ތަފްސީލީ ދެއްވި އެވެ. އަދި އޭގެ ފަހުން ދެ ބޭފުޅުން ވަނީ ދިގުކޮށް މަޝްވަރާތައް ބާއްވަވާފަ އެވެ. 

މި މަޝްވަރާތަކުގައި ދުނިޔޭގެ ކަންކަމާއި ބައިނަލްގުވާމީ ކަންބޮޑުވުންތައް އޮތް މައްސަލަތަކާއި ދެ ގައުމުން އެކުގައި އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ކިމްގެ ޝަރަފްގައި ޕޫޓިން ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އުތުރު ކޮރެއާ އާއި ރަޝިޔާގެ އަސްކަރީ އެއްބާރުލުމުން ފުޅާކޮށް ވަރުގަދަ ކުރުމަށް ވަކި މަޝްވަރާތަކެއް ކުރި އިރު އެ މަޝްވަރާތަކުގައި ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ބައިވެރިވެވަޑައިގެންނެވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.