ގައްބަރޭ ދޫކޮށްލަން ޒަރީރު ގޮވާލައްވައިފި

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ.

މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި އޭނާއަށް ހަމަލާދިންކަމުގެ ތުހުމަތު އޮތް އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަ ކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލަން އޭނާ ގޮވާލައިފި އެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު މެންބަރު ޒަރީރު ހޮޓަލެއްގައި އިންނަވަނިކޮށް އިތުރު ބަޔަކާއެކު ގޮސް، މަރުތޭލަކުން އޭނާއަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ގައްބަރޭއާއެކު ނަގާފައިވާ ފޮޓޯއެއް ޒަރީރު މިއަދު ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯއާއެކު ފުލުހުންގެ އިދާރާ ޓެގް ކުރުމަށްފަހު ޒަރީރު ވިދާޅުވެފައި ވަނީ އޭނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ގައްބަރޭ މިނިވަންކޮށްދެއްވުމަށެވެ.

"ގައްބެ އަކީ އަޅުގަނޑުގެ ވަރަށް އެކުވެރި ގާތް ރައްޓެއްސެއް،" 'ފްރީގައްބެ' ހޭޝްޓެގަކާއެކު ޒަރީރު ލިޔުއްވާފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނިކޮށް ގައްބަރޭ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ. 

އެކަމަކު ފަހުން ދައުލަތުން ހައިކޯޓަށް މައްސަލަ ވައްދައިގެން އެ އަމުރު ބާތިލްކޮށްފައިވެ އެވެ. އޭގެ ފަހުން އަލުން ބަންދު މުރާޖާކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރު ކޮށްފަ އެވެ.

އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުގައި، ހަމަލާގެ ކުޑައިރުކޮޅެއް ކުރިން ޒަރީރު ފޯނުން ގައްބަރޭއާ ޒުވާބު ކުރި ކަމަށެވެ. އަދި ޒަރީރު އިން ހަބީބީ ކެފޭއަށް ގައްބަރޭ ވަންނަކަން ސީސީޓީވީ ފުޓޭޖްތަކުން އެނގެ އެވެ. އަދި އެހެން ސަރަހައްދުތަކުން ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން މީހުންނާއެކު އޭނާ ސައިކަލުގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.      

ކޮމެންޓް

1
450
ކާލިދާ
1 year ago

ޓްރު ފްރެންޑްޝިޕް އޯރ ބްލެކްމެއިލް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.