ކުރީ ސަރުކާރަށް ވުރެ ބޮޑަށް މި ސަރުކާރު ވޯޓަށް ނުފޫޒު ފޯރުވާ

ވާހަކަފުޅު ފައްޓަވަމުން އަފީފް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި މީހުން ވޯޓުލާން ދާއިރު ވެސް ހުންނަނީ ފާހަގަ ލާފައި ނިމިފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް

ކުށް ސާބިތުވެ، މިހާރު ދިގު، ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވުރެ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބުތަކަށް ނުފޫޒު ފޯރުއްވަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.

ސިޔާސީ ދާއިރާ އާއި ބަރުލަމާނީ ހަޔާތުގައި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ބޮޑު އެއް ތަޖުރިބާކާރު ހަސަން އަފީފަކީ ކުރީގެ ރައީސް ޔާމީންގެ ރަހުމަތްތެރިއެކެވެ. 

އަދި މިހާރުގެ ރައީސް ސޯލިހުގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ އިތުރުން ސިޔާސީ ގޮތުން އެއް ފިކުރެއްގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގައި މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަފީފް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިންތިހާބުތަކަށް ނުފޫޒު ފޯރުވާތީ އެކަން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅައި މިއަދު ބަހުސް ކުރަމުންދާ ގަރާރުގެ ބަހުސުން ފުރުސަތެއް ހޯއްދަވައިގެނެވެ. 

ވާހަކަފުޅު ފައްޓަވަމުން އަފީފް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި މީހުން ވޯޓުލާން ދާއިރު ވެސް ހުންނަނީ ފާހަގަ ލާފައި ނިމިފައި ކަމަށެވެ. އަދިވެސް އެ ނިޒާމް ރާއްޖޭގައި އެބައޮތް ކަމަށެވެ. މިހާރު ވޯޓް ކަރުދާސްކޮޅުގައި ކުރިން ފާހަގަ ނުޖެހި ނަމަވެސް ނުފޫޒާއި ބާރާއި ފައިސާ ބޭނުން ކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ސަރުކާރުން ހުއްޓާ ނުލައި މަސައްކަތް ކުރާ ކަމަށެވެ.

"ޔާމީން ސަރުކާރުގައި މިކަންތައްތައް ކުރުމުން އަޅުގަނޑުމެން އެމްޑީޕީގަ ތިބެގެން އެކަން ހުއްޓުވަން އުޅުނީ... ނަމަވެސް ރައީސް ސޯލިހު އެއަށްވުރެ އިތުރު ގިޔަރަކަށް މި ކަންތައްތައް އެ ލެއްވީ" އަފީފު ވިދާޅުވި އެވެ.

އޭނާ އަބަދުވެސް ތުހުމަތު ކުރައްވާ ގޮތަށް މިއަދު ވެސް ވިދާޅުވީ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން ދަރައި ދަރާ ގޮސް އެެތައް ބިލިއަން ރުފިޔާއެއް ދައްކަން އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުން އަދިވެސް އެތަނަށް ފައިސާ އަޅައިގެން އެކި ގޮތްގޮތަށް ބަހަމުން ދާ ކަަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށެވެ. 

ކޮމެންޓް

2
450
ޒުލްފީނާ
11 months ago

ތީ ތެދެއް. 100 ގެ ވާހަކައެއް

ބޯބުޅި މޯޑު
11 months ago

"ފެނަކަ ކޯޕަރޭޝަން ދަރައި ދަރާ ގޮސް އެެތައް ބިލިއަން ރުފިޔާއެއް ދައްކަން އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުން އަދިވެސް އެތަނަށް ފައިސާ އަޅައިގެން އެކި ގޮތްގޮތަށް ބަހަމުން ދާ ކަަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން " މިވަރުގެ ތެދުފުޅެއް އަފީފު އުމުރުގައިވެސް އެހެއްދެވީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.