ވިލާ ޕާކުގައި ގާސިމާއެކު ހަތަރު ގަޑިއިރުގެ ބައްދަލްވުމެއް

ހޮނިހިރު ދުވަހު އޮތްް އިންތިހާބާ އެކު މިހާތަނަށް ތިން އިންތިހާބެއް ގައި ގާސިމް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް 2008 ވަނަ އަހަރާ 2013 ވަނަ އަހަރާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ ވަރަށް ދެރަ ނަތީޖާ އެކެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ގާސިމްގެ ރިސޯޓްގައި މިރޭ ބައްދަލު ކުރެއްވުމަށް ފަހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ތާއީދު ހޯދުމާއި ގުޅޭގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ގާސިމް އިބްރާހިމާއެކު މިރޭ މަޝްވަރާ ކުރައްވައިފި އެވެ.

މިރޭގެ މަޝްވަރާ އޮތީ ގާސިމްގެ ރިސޯޓް ރަށް -- ވިލާ ޕާކު [ސަން އައިލެންޑް ރިސޯޓް] ގައެވެ. މި ބައްދަލްވުމުގައި ހުސައިންގެ އަރިހުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްްގެ ލީޑަރު އަހްމަދު ސަލީމްއާ ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ސިޔާމްއާ ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވަޑައިގެންނެވި އެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިރޭ ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަ ބައްދަލުމެއް ބާއްވަވާފައިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ގާސިމާ އެކު މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތު ޖުމްހޫރީ ޕާޓީގެ މާދަމާ އޮންނަ ކައުންސިލް އަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ.

އެހެން ކަމުން ބައްދަލްވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ސާފެއް ނުވިއެވެ.

ހޮނިހިރު ދުވަހު އޮތްް އިންތިހާބާ އެކު މިހާތަނަށް ތިން އިންތިހާބެއް ގައި ގާސިމް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް 2008 ވަނަ އަހަރާ 2013 ވަނަ އަހަރާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ ވަރަށް ދެރަ ނަތީޖާ އެކެވެ. ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓް ވޯޓެވެ. މީގެ ކުރީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ޑިމާންޓް ބޮޑު ލީޑަރަކީ ގާސިމެވެ. ގާސިމް މަޝްހޫރު ވެފައިވަނީ "ކިންގްމޭކާ" ގެ ގޮތުގައެވެ.

ޖޭޕީން ބުނީ އެ ޕާޓީން މާދަމާ ކައުންސިލް ބައްދަލްވުމެއް ބާއްވާ ކުރިއަށްދާނެ ގޮތެއް ރަސްމީކޮށް ނިންމާނެ ކަމަށެވެ.

ކޮމެންޓް

5
450
ހުސެން
1 year ago

ގާސިމް ބޭނުން ވާނީ އޭނާގެ ކުންފުންޔަށް ފައިދާ ވާ ގޮތެއް ވޭތޯ ވަރަށް އެދުން ބޮޑުވާނެ ، 18 އަންހެން ކުއްޖަކު އިންނަން ދީފީޔާ އޯކޭ ވެދާނެ ޔަގީން! ތިޔަ ގާށިމް މަގޭ އަންހެނުން ޕެރަޑައިސް ޖޮބުގަ އުޅުނު އޭނަ ރޭޕު ކުރަން އުޅުނު ބިރު ދައްކައިގެން، ވަރަށް ވަހުށީ މީހެއް ،

ތޮއްޔިބު
1 year ago

ފަސްގަޑި އިރު ވިޔަސް އަދި 24 ގަޑި އިރު ވިޔަސް ނިންމާނީ ނަހުލާ ބޭނުންވާ ގޮތަށް. މަގާމު ލިބޭނެ ގޮތަކަށް

އާޔާ
1 year ago

ގާސިމް ކައިރި ކުރަން ހެޔޮނުވާނެ. އެހާ ޝަރުތު ގިނަވާނެ. ވަޒީރުކަން ، އަދި ރިސޯޓް ތައް ދޭންޖެހޭން. ގާސިމް ނޫން އެހެން ގޮތެއް ހޯދަން އެބަޖެހެ

ހަލީމާ
1 year ago

މުއިޒަށް ޔެސް ބުނޭ ގާސިމްބެ. މޮޅާއި ކުރިއެރުނ އޮތީ އެގޮތުގައި

ފަރިއްޓެ
1 year ago

މަ ބުނީތީވެސް ބަލާތި، ގާސިމް އަރަނީ ގިނަ ވޯޓް ލިބުން މީހެއްގެ ފަހަތަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.