އިމްރާން ވިދާޅުވީ ތަންކޮޅެއް "'އޯވާ ކޮންފިޑެންޓް" ވީ ކަމަށް

"އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕެއިންގެ ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަގީގަތުގައި ވެސް ކުޑަތަންކޮޅެއް 'އޯވާ ކޮންފިޑެންޓް' ވީ. މިއަދު އަޅުގަނޑުމެން އެންމެންނަށް އެނގިއްޖެ ކުޑަކޮށް އެބަ ޖެހޭ ސީރިއަސް ވެލަން ޖެހިއްޖެ ކަން،"

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން

ރިޔާސީ އިންތިހާބުން އުންމީދު ކުރި ނަތީޖާ ނުލިބުނީ ކުޑަތަންކޮޅެއް "އޯވާ ކޮންފިޑެންޓް" ވުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ދަޑިކޮށި ޖަގަހަ" ގައި މިރޭ ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން އުންމީދު ކުރި ނަތީޖާ ނުލިބުނު ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުމެންނަށް މިވީ ގޮތަކީ ތަންކޮޅެއް ބާރަށް ދުވެވޭ ކަމަށް ހީވާތީވެ ކުޑަކޮށް ދުއްވާލި ތަނާ ކުޑަކުޑަކޮށް މަޑުކޮށްލެވުނީ. އެކަމަކު މިހާރު މިތިބީ ބާރަށް ދުއްވައިގަނެފައި. ދެން އިރާދަކުރެއްވިއްޔާ މިއެއް އަތެއް ނުވާނެ. މި ތިން ޕާޓީ ނިކުމެ މީތި ގަދަ ކުރާނެ. ކުރި ހޯދާނެ. މޮޅުވާނެ. މޮޅުވާނެ،"

އިމްރާން ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެން ޖަލުގެ ގޮޅިއަށް ނުދާނެ ގޮތެއް ހޯދުމަށް ކަމަށާ އެހެން ކަމުން ކުރިއަށް ވުރެ ސީރިއަސްކޮށް މި މަސައްކަތުގައި އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ މެންބަރުން އުޅެން ޖެހޭކަން އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕެއިންގެ ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަގީގަތުގައި ވެސް ކުޑަތަންކޮޅެއް 'އޯވާ ކޮންފިޑެންޓް' ވީ. މިއަދު އަޅުގަނޑުމެން އެންމެންނަށް އެނގިއްޖެ ކުޑަކޮށް އެބަ ޖެހޭ ސީރިއަސް ވެލަން ޖެހިއްޖެ ކަން،"

އިމްރާން މިއަދުވެސް ވަނީ ރައީސްގެ ވާދަވެރި ކެންޑިޑޭޓަށް ތުހުމަތު ކުރައްވާ ވާހަކަތަކެއް ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި މުއިއްޒު ވައުދުތަކެއް ވެވަޑައިގަންނަވާ ކަމަށާ އެކަމު މުއިއްޒު ވަޑައިގެންފިނަމަ މި ސަރުކާރުން ކުރަމުން އައި ތަރައްގީގެ މަސައްކަތްތައް ހުއްޓާލާނެ ކަމަށެވެ. މިއީ ރައްޔިތުން ވަރަށް ސީރިއަސް ވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގޯތި އަތުލާނެ ކަން. އަޅުގަނޑުމެންނަށް އެނގޭ ފްލެޓް އަތުލާނެކަން،" އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

1
450
ވަކަރުގެ އިސްމާއިލް
1 year ago

ދިވެހިންނެއް މިހާރު އެހެން އެހެން ނުހެއްލޭނެ، ފްލެޓް/ ގޯތި އަދި ލައްކައިން ރުފިޔާ ދިނަސް އެމީހުން ވަކި ގޮތަކަށް ނިނމުމަށް ފަހު ދެން ހޯހޯ. *ބަލި އެނދުގަ ފުރާނަ އަތްމައްޗަށް ލައިގެން ގޮސް ގާސިމް ކައިރިން ސަލާމް ޖެހި މީހުން ގާސިމަށް ވޯޓް ނުދިން އިރު، *މަތީ ތައުލީމް ހާސިލް ކޮށްދެން ރާއްޖެއިން ބޭރަށް ފޮނުވަގެން ޕައިލެޓް/ ޑޮޮކްޓަރ މިހެން ގޮސް ދެން ކިޔާނެ ކަމެއް ނެތް. މީހާ މީހަކަށް ހަދައިން ދިން ގާސިމަށް ވޯޓް ނުދިން އިރު...

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.