އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަނީ

އޭދަފުށީ ބަނދަރަކީ ކާރުބާރު ބޮޑު ބަނދަރެކެވެ. އެހެންވެ ދޯނި ފަހަރާއި، އެކި ބޭނުން ތަކުގައި ރަށަށް އަރާ ފައިބާ މީހުންނަށް ލަފާ ފުރުމުގައި ދަތިތައް އޮވެ އެވެ.

ބ. އޭދަފުށީގެ ބަނދަރު މަސައްކަތަށް ހާއްސަ ސައިޓް

ބ. އޭދަފުށީގެ ބަނދަރު ތަރައްގީ ކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގެ ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފި އެވެ. 

މިއީ ކިހާ ބޮޑު މަސްއްކަތެއް؟

ގާތްގަނޑަކަށް 3000 މީހުންގެ އާބާދީއެއް އޮންނަ ރަށުގެ މި މަޝްރޫއުގައި ކުރިން ފުން ކޮށްފައިވާ 28,304 ކިއުބިކް މީޓަރުގެ ފަޅު އަލުން ފުން ކުރާނެ އެވެ. ހަތަރު ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކޮށް 402 މީޓަރުގެ އެއްގަމުތޮށި ލާނެ އިރު 170 މީޓަރުގެ ބޭރުތޮށި ލުމާއި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދާނެ އެވެ.

މީގެ އިތުރުން 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އޭދަފުށީ ބަނދަރަކީ ކާރުބާރު ބޮޑު ބަނދަރެކެވެ. އެހެންވެ ދޯނި ފަހަރާއި، އެކި ބޭނުން ތަކުގައި ރަށަށް އަރާ ފައިބާ މީހުންނަށް ލަފާ ފުރުމުގައި ދަތިތައް އޮވެ އެވެ. 

މި މަޝްރޫއުގެ، މަސްއްކަތް ނިމުމުން އޭދަފުށީގެ ބަންދަރުގެ ޖާގަ ތަނަވަސްވެ ބަނދަރު ބޮޑުވެގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.