މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުހައްމަދު 20، އާއި ނ. ކެނދިކުޅުދޫ، ކުޅުދޫ، ގުލްފާމުގެ، ޒަޔާން ޔޫސުފް 23، އެެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުހައްމަދު 20، އާއި ނ. ކެނދިކުޅުދޫ، ކުޅުދޫ، ގުލްފާމުގެ، ޒަޔާން ޔޫސުފް 23، އެެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅުކޮތަޅު ތެރެއިން، ދެ ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އެއީ ޖުމްލަ 48 ފުޅި އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.