މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

މާލޭގެ ވިޔަފާރި ބަނދަރާ ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:44 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިތުރު މައުލޫމާތު ލިބުނު ވަރަކުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.