އެމްއެންޑީއެފް އާއި އެމްޕީއެލްއިން ޕޯޓް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގައިފި

އެމްޕީއެލް އިން ބުނީ ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ކޯސް ނިންމާލައި އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ އިއްޔެ ސެޓްފިކެޓް ދީފަ އެވެ.

ޕޯޓް ސެކިއުރިޓީ ޓްރެއިން ނިންމި ބައިވެރިނާއެކު އެމްޕީއެލް އަދި ސިފައިންގެ އިސްވެރިން -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޕޯޓް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްޕީއެލް އިން ބުނީ ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ކޯސް ނިންމާލައި އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ އިއްޔެ ސެޓްފިކެޓް ދީފަ އެވެ. 

އެމްއެންޑީއެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވި އެވެ. އެއީ އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާނެވެ. މިއީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމްއެންޑީއެފް އާއި އެމްޕީއެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.

އެމްޕީއެލް އިން ބުނީ މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ގާބިލުކަން އިތުރުކުރުން ކަމަށެވެ. އަދި މީގެއިތުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަން އިތުުރުކުރުން ކަމަށެވެ.

މި ކޯހުގައި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާއި ސެކިއުރިޓީ ޑްރިލްތަކާއި މަސައްކަތުގެ އަހުލާގު ހިމެނޭ އަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް އަމަލުކުރުމާއި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ކޯހުގެ ފަހު ތަމްރީނުގެ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ޕޯޓް ސެކިއުރިޓީ ޑްރިލްއެއް ވަނީ ބާއްވައިފަ އެވެ.

ކޯހުގައި އައިއެސްޕީއެސް ކޯޑާ އެއްގޮތަށް އޮޕަރޭޝަނަލް ތައްޔާރީ އިތުރުކުރުމާއި ބަނދަރުގެ ރައްކާތެރިކަމާއި ކުއްލި ހާލަތުގައި ޢަމަލުކުރާނެ ގޮތާގުޅޭ ތަމްރީނުތައް ވެސް ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.