"ގުރައިދޫ ރައްޔިތުން އެންމެ ބޭނުންވަނީ މި ދައުރުގައި އެއާޕޯޓް ނިންމަން"

ގުރައިދޫ ރައްޔިތުން އެދުނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ހޮސްޕިޓަލް ތަރައްގީ ކުރުން އަދި އެއާޕޯޓް މި ދައުރުގައި ނިންމުމެވެ.

ގުރައިދޫ ކައުންސިލްގެ ރައިސް ތައުފީގު އަލީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވަަނީ -- ރައީސް އޮފީސް

ތ. ގުރައިދޫގައި މިއަދު ބިންގާ އެޅި ޑޮމެސްޓިކް އެއާޕޯޓް ނިންމައި ހުޅުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމަށް ކައުންސިލްގެ ރައީސް ތައުފީގު އަލީ ވިދާޅުވެއްޖެ އެވެ. 

ތ. އަތޮޅުގައި ސަރުކާރުން ތަރައްގީ ކުރާ ތިން ވަނަ އެއާޕޯޓުގެ ގޮތުގައި ބިންގާ އެޅި ގުރައިދޫ އެއާޕޯޓް މަޝްރޫއާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ތައުފީގު އަލީ ވިދާޅުވީ ރައްޔިތުންނާއެކު ބައްދަލުވުމަށްފަހު ތިން ކަމެއް ރައީސަށް ހުށަހަޅަން ނިންމި އެވެ. މި ކަންތައްތަކަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ހޮސްޕިޓަލް ތަރައްގީ ކުރުން އަދި އެއާޕޯޓް މި ދައުރުގައި ނިންމުމެވެ. 

"މީގެ ތެރޭން މި ދައުރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ހިދުމަތް ފައްޓަވައި ދެއްވުން އެއީ އަޅުގަނޑުމެންގެ އެދުން. އެންމެ ބޮޑު އެދުން. މީގެ އިތުރުން ރަށުގެ ބިނާވެށި ޕްލޭނަށް ހަތް ހެކްޓަރު އިތުރުކޮަށް ދިނުން. އަދި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓާއި މީރުފެން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުން،" ރައީސް ވިދާޅުވި އެވެ. 

ގުރައިދޫއަށް ސަރުކާރުން އިތުރު ކަންތައްތަކެއް ކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދުގެ ތެރޭގައި ހިމެނެނީ ޒަމާނީ ފުޓުބޯޅަ ދަނޑެއް ހެދުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުން އަދި  ގުރައިދޫގެ ކުޑަކުދިންގެ ޕާކުގެ މި އަހަރު ނިންމުމުގެ އިތުރުން އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ކަންކަން މި އަހަރުގެ ނޮވެމްބަރުމަހު ފެށުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.