ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އާ ޓާމިނަލް ހެދުމުގައި ކުރީގެ ވެރިން ކުރި މަސައްކަތަށް ކްރެޑިޓް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަންކޮށްފައި ތިބި ހުރިހާ ރައީސުންނަށް ދައުލަތު ފޮނުވަން ނިންމައިފި އެވެ.
މިނިވަން ދުވަހާ ވެސް ދިމާކޮށް ބާއްވާ ކުލަގަދަ މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ކުރިން ރާއްޖޭގައި ވެރިކަންކޮށްފައި ތިބި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމާފައިވާ ކަމަށް އެމްއޭސީއެމް އެމްޑީ އިބްރާހިން ޝަރީފު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ބޭރުގެ އިއްޒަތްތެރިންނާއި ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރިވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް މަޝްރޫއުގެ ނިމިފައި އޮތީ 54 ޕަސެންޓް މަސައްކަތް ކަމަށާއި ކުރީ ސަރުކާރުތަކުން ކުރި މަސައްކަތްތަކަށް ކްރެޑިޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.
މިމަހު ފާހަގަކުރާ މިނިވަން ދުވަހު (ޖުލައި 26) ގައި ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
އެތަން ހުޅުވުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، އެތަނުގެ ކްރެޑިޓް ހައްގުވާ ވެރިޔަކާމެދު ޝޯޝަލް މީޑިގައި ސިޔާސީ ފަރާތްތަކުން ދަނީ ބަހުސް ކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ރައީސް މިއަދު ވިދާޅުވީ އެއާޕޯޓާ ގުޅޭ ހުރިހާ މަސައްކަތެއް ތާރީހުން ފެންނަން އެބަހުރި ކަމަށެވެ. އެހެންކަމުން ހުރިހާ ވެރިކަންތަކެއްގައި ކުރި ހުރިހާ މަސައްކަތަކަށް ވެސް އެއިރެއްގައި ތިބި ވެރިންނަށް ކްރެޑިޓް ދޭން ޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިހާރުގެ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގަ ފެށުނީ، ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އިތުރަށް މަސައްކަތްތަކެއް ކުރެވިފަ އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީ ހުރި މަސައްކަތްތައް މި ނިންމީ ދޮޅު އަހަރެއްހާ ދުވަސް ތެރޭ. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެ ކޮން މަސައްކަތެއް، ކޮން ވެރިކަމެއްގަ ކިހާވަރަކަށްކަން ކުރެވުނީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ވުޖޫދު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އެވެ. ރައީސް ނާސިރުގެ ބިންގާގެ މަތީގައި މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރައީސުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.