އަޒަރުބައިޖާން އެއާލައިން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ.
އަޒަރުބައިޖާންގެ ގައުމީ އެއާލައިން އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ދަތުރު ފަށައިފި އެވެ.
ޓޫރިޒަމްގެ މައި ސީޒަން ފެށެން ކައިރިވެފައި ވަނިކޮށް ރަޝިއާ ހިމެނޭ ސަރަހައްދުގެ މުހިންމު އެއް ގައުމު ކަމަށްވާ އަޒަރުބައިޖާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައި މިވަނީ ވެރިރަށް ބަކޫއިން ސީދާ ދަތުރު ތަކެކެވެ.
މި އެއާލައިން އަށް މަރުހަބާ ކިޔަން ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެ ޖުންފުނީގެ އިސްވެރިން ވަނީ މި އެއާލައިނަށް މަރުހަބާ ކިޔަން ވީއައިއޭގައިގައި އޮތް ހަފުލާގައި ބައިވެރިވެވަޑައިގެންފަ އެވެ.
މި ދަތުރުތަކާ ބެހޭ ގޮތުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުޙައްމަދު މިހާދު ވިދާޅުވީ މި އައު ރޫޓުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ އަޒަރުބައިޖާނުން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ އެވެ.
އަޒަރުބައިޖާން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޖަމީލް މަނިޒާޑޭ ވިދާޅުވީ ފިނި ސީޒަންގައި ދިވެހިރާއްޖެ ފަދަ
މަޤްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ވާނެ އެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ރާއްޖެއަށް މި އެއާލައިން ހަފްތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް ބ787ީ މަރުކާގެ މަތިން ދާ ބޯޓެވެ.