މި ސޭލްއަކީ 80 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެކެވެ.
އެސްޓީއޯއިން ވިއްކާނީ މޮޅެތި އެއްޗިހިކަން އަބަދުވެސް ދިވެހިން އިތުބާރު ކުރެ އެވެ. މި ކޮލިޓީ މުދާ އަގުހެޔޮކޮށް ވިއްކަން އެ ކުންފުނިން ކޮންމެ އަހަރަކު ސޭލް އަޅުވަ އެވެ. މިފަހަރުވެސް މިވަނީ އެފަދަ ސޭލެއް އަޅުވާފަ އެވެ.
"ހުސްވީމަ ހުސްވީ"ގެ ނަމުގައި އެސްޓީއޯ އިން ބޮޑު ވެއާ ހައުސް ސޭލްގައި ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން މި ސޭލް މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ %80 އާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެކެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއަރ
އެސްޓީއޯ އިން ކުރިއަށް ގެންދާ މިވެއަރ ހައުސް ސޭލްގެ ތެރެ އިން -/500ރ އިން މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސޭލް ކުރި އަށް ދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.