އެންމެ ފަހުން މި ހިދުމަތުގައި ބައިވެރިވި އެއާލައިނަކީ ގަލްްފް-އެއާ އެވެ. އެ އެއާލައިނުންވަނީ ބަންގުލަދޭޝުން ކަނޑު މަގުން ރާއްޖެއަށް ގެނައި ޝިޕްމެންޓެއް ވައިގެ މަގުން ގްރީސްއަށް ގެންގޮސްފަ އެވެ.
ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ރާއްޖެއިން ޔޫރަޕަށް ވައިގެ މަގުން ބޭރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިސްނަގައިގެން އެމްއޭސީއެލްއާއެކު ފަށާފައިވާ ވިޔަފާރީގައި ހަތްވަނަ އެއާލައިނުގެ ގޮތުގައި ގަލްފްއެއާއިން ބައިވެރިވެއްޖެ އެވެ.
މި ހިދުމަތް މި އަހަރުގެ މޭ މަހުގައި ފެށީ ޓާކިޝް އެއާލައިނާއެކު އެވެ. ނަމަވެސް ފަހުން ގަތަރު އެއާލައިނާއި އެމިރޭޓްސް ފަދަ ބޮޑެތި އެހެން އެއާލައިންތަކުންވެސް މި ހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވެފައިވެ އެވެ.
އެންމެ ފަހުން މި ހިދުމަތުގައި ބައިވެރިވި އެއާލައިނަކީ ގަލްްފް-އެއާ އެވެ. އެ އެއާލައިނުންވަނީ ބަންގުލަދޭޝުން ކަނޑު މަގުން ރާއްޖެއަށް ގެނައި ޝިޕްމެންޓެއް ވައިގެ މަގުން ގްރީސްއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ރާއްޖެއިން ވައިގެ މަގުން ބޭރުކުރަމުން އައީ ހަމައެކަނި މަހާއި މަހުގެ އުފެއްދުންތައް ނަމަވެސް ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓު ހިދުމަތް ފެށުމާއެކު އެހެނިހެން ބާވަތްތަކުގެ މުދާ ރާއްޖެއިން ބޭރުކުރަންވަނީ ފަށާފަ އެވެ.
މި ހިދުމަަތަށް އޮތް ޑިމާންޑު ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު ގަތަރު އެއާލައިނުގެ ކާގޯ ބޯޓެއްވެސް އެ ހިދުމަަތުގައި ބައިވެރިވުމަށް ވަރަށް ފަހުން ރާއްޖެއަށް އައިސްފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.
ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ގިނަ އެއާލައިން އަންނަ އެއް އެއާޕޯޓް ނަމަވެސް ރާއްޖޭން އެއާލައިން ހުސްކޮށް ދާން ޖެހޭތީ ގިނަ އެއާލައިންތަކުން ޝަކުވާ ކުރެ އެވެ. މިއީ މި ވިޔަފާރި ފުޅާކުރަން މިހާތަނަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ސަބަބަކީ ރާއްޖޭން ޔޫރަޕަށް ބޭރު ކުރަން އޮންނަ ހަމައެކަނި މުދަލަކީ މަދު ކަނޑުމަސްކޮޅެއް ކަމަށްވުމެވެ.
މި ވިޔަފާރި ރާއްޖޭގައި މިހާތަނަށް ކުރީ ވަރަށް ކުޑަކޮށެވެ. ސަބަބަކީ މި ވިޔަފާރި ކުރަން ސަރުކާރުގެ ގިނަ ކުންފުނިތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހުނުނަވެސް އެކަން ނުވެ އޮތުމެވެ. މި ވިޔަފާރި ފަށަން ވާހަކަ ދެއްކިނަމަވެސް މިކަން ނުފެށި އޮއްވައި މިކަން ފަށާފައިވަނީ މި ސަރުކާރު އައިފަހުންނެވެ. މި ވިޔަފާރި ހިނގާ ގޮތަކީ ރާއްޖެ އަށް ކަނޑުމަގުން މުދާ އައުމުން ކޮންޓެއިނާ ހުރި ގޮތަށް ނުވަތަ އޭގައި ހުރި މުދާ ވަކިކޮށްގެން އެމްޕީއެލްގެ އެހީތެރިކަމާއެކު ވީއައިއޭ އަށް ގެންގޮސް އޭގެ މަންޒިލަށް ފޮނުވުމެވެ. މި މަސައްކަތުގައި ކަސްޓަމަސް އާއި އިމިގްރޭޝަން އަދި އެމްއޭސީއެލް އެއްކޮށް މަސައްކަތް ކުރެ އެވެ. ކަނޑުމަގުން ރާއްޖެ ގެންނަނީ ދުނިޔޭގެ ބޮޑެތި ފެކްޓްރީތަކުގެ މުދާ ޔޫރަޕަށް ގެންދަން ހުންނަ މުދަލެވެ. މި މުދަލަކީ ކަނޑުމަގުން ގެންދިއުން ލަސްވުމުގެ ސަބަބުން ލަސްވާ މުދަލެވެ.